MNU Inter Faculty Volley Tournament Started

ފެކަލްޓީ ތަކަށް ހާއްސަ ކޮށްގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީއިން ބާއްވާ ވޮލީ ޓޯނަމެންޓް ފަށައިފި.
 

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ފަރާތުން ފެކަލްޓީ ތަކަށް ޙާއްސަ ކޮށްގެން ވޮލީ ޓޯނަމެންޓެއް ފަށައިފި. 2016 ވަނަ އަހަރުގެ ވޮލީ ޓޯނަމެންޓްގައި އެކި ފެކަލްޓީތަކުން ޖުމްލަ 19 ޓީމެއް ބައިވެރިވެފައިވެއެވެ.
އަންހެން އަދި ފިރިހެން، ދެ ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ އަންހެން 9 ޓީމް އަދި ފިރިހެން 10 ޓީމެވެ. ކޮންމެ ބައެއް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، ސެމީ ފައިނަލް ގައި ވާދަކުރާނީ ކޮންމެ ގްރޫޕް އަކުން އެންމެ މަތިން ޕޮއިންޓް ލިބޭ ދެ ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސް ގެ ޓީމް އެކެއް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމެވެ. މުބާރާތުގެ ކުޅުން ތިންދުވައް ބަހާލައިގެން ކުރިއަށް ދާއިރު މުބާރާތުގެ ފައިނަލް އޮންނާނީ ދޭއް އެޕްރީލްވާ ހޮނިހިރު ދުވަހުގެ ރެއެވެ.

މިއީ މުބާރާތް ބާއްވާ ދެވަނަ އަހަރު ނަމަވެސް، ފެކަލްޓީ އޮފް އާރޓްސް އިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ދަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކުޅިވަރު ހޯލުގައެވެ.

Advertisements