Depression

ޑިޕްރެޝަން

 ޑިޕްރެޝަން އަކީ ގަބޫލުކުރަން އުނދަގޫ ނަމަވެސް ގިނަބަޔަކު އޭގެ ޝިކާރަޔަކަށް ވަމުން އަންނަ ނުރައްކާ ސިއްހީ މައްސަލައެވެ. މީގެ ސަބަބުން މާޔޫސްވެ ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސްކުރުވައެވެ. މިއީ ނުރައްކާތެރި ނަމަވެސް ގިނަބަޔަކަށް އެކަމާ ކުރިމަތިލާން އުނދަގު ބައްޔެކެވެ. ޖޖނ.jpg

އެކި މީހުން ޑިޕްރެޝަން އަށް ދަނީ ތަފާތު އެކި މައްސަލަ ތަކާ ހުރެއެވެ. އެންމެ ގިނަ ބަޔަކު ޑިޕްރެޝަންއާއި ކުރިމަތިލާން ޖެހޭ މައިގަނޑު ސަބަބަކީ ވާހަކަތަށް ހިއްސާކުރާނެ ބައިވެރިއަކު ނުވަތަ ރަހުމަތް ތެރިން ނެތުމެވެ. އެހެނަކަމުން ދުވަސްވާ ވަރަކަށް އެކަން ބައްޔަކަށް ބަދަލުވެގެން ދެއެވެ. ވަޒީފާއެއްނެތުން، މާލީ ގޮތުން އަތްމަތި ދަތިވުން އަދި ވަރި ފަދަ އާއިލީ މައްސަލަތަކަކީވެސް މީހާ އެކަނިވެރިކުރުވާ ޑިޕްރެޝަން އަށް ދިއުމަށް މެދުވެރިކުރުވާ ކަމެކެވެ. މީގެ އިތުރުން، ޖިންސީ ގޯނާއާއި ގެވެށި އަނިޔާ ލިބުން ފަދަ ކަން ކަމަކީވެސް މިކަމަށް މަގުފަހިވާ ކަންކަމެވެ.

ޑިޕްރެޝަންއަށް ގޮސްފައިވާ ކަން ދެނެގަންނާނީ ކިހިނެއް:

ޑިޕްރެޝަންގެ އަލާމާތްތަށް ވަރަށްވެސް ގިނައެވެ. އެގޮތުުން ދެރަވުން، ވަރުވަބަލިވުން، އުންމީދު ކުޑަވުން އަދި އަމިއްލަ ނަފްސައް އޮންނަ އިތުބާރު ކުޑަވުމީ މި ބަލި އޭގެ އެންމެ ކުޑަ މިންވަރުގައި ހުންނަ މީހުނަށްވެސް އިހްސާސް ކުރެވޭ ކަންކަމެވެ. ތިމާ ކުރިން ކުރާހިތްވި ކަންކަން މަތިން ފޫހިވުމާއި، ރައްޓެހިން އަދި އާއިލާ އެއްވާ ތަންތަނައް ދާހިތް ނުވުމަކީވެސް މިކަމުގެ އަލާމާތެކެވެ. ނިދަން އުދަގުވުން، ރުޅިގަދަވުން އަދި ގޯސް މަގުތަށް ހިޔާރު ކުރެވުމަކީވެސް މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މީގެ އިތުރިން ބޮލުގައި ރިއްސުން އަދި ގައިގެ އެކި އެކި ތަންތަނުގައި ރިއްސުންފަދަ ސިއްހީ މައްސަލަތަކާއިވެސް ޑިޕްރެޝަންގެ ސަބަބުން ކުރިމަތިލާންޖެހޭ ކަންކަމެވެ.

ޑިޕްރެޝަންއިން އަރައިގަންނާނީ ކިހިނެތް:

ޑިޕްރެޝަންއާއި ދުރަށްދިއުމަށް ތިމާ އަމިއްލައަށްވެސް މަސައްކަތް ކުރެވިދާނެއެވެ. އެންމެ ފުރަތަމަ، ބައިވެރިޔާއާއި ނުވަތަ ތައްޓެއްސަކާއި ތިމާއަށް އުނދަގުކުރުވާ މައްސަލައާއި ބެހޭ ގޮތުން ހިޔާލް ބަދަލުކޮށްލާ މަޝްވަރާ ކުރެވިދާނެއެވެ. އެފަދަ ހިޔާލް ތަކާއި ދުރަށް ދިއުމުގެ ގޮތުން އާ ކަމެއްގައި މަސްއޫލުވެ އުޅުމަކީވެސް އޭގެން ރަނގަޅު އަސަރެއް ފެނަނާނެ ކަމެކެވެ. ވަރަށް ބޮޑަށް ޑިޕްރެޝަން ހުންނަ ނަމަ އެންމެ ރަނގަޅީ ޑޮކްޓަރަށް ދައްކައި ބޭސް ބޭނުން ކުރުމެވެ. މިކަމުން އަރައިގަތުމަށްޓަކައި ކައުންސިލިން ހޯދުމަކީވެސް ކުރެވިދާނެ ކަމެކެވެ. މީގެ ސަބަބުން ތިމާގެ ބޮލުތެރޭގައި ހުރި އުގަދޫ ކުރުވާ ކަންކަމަށް ލުޔެއް ލިބި ބަލި ފަސޭހަ ވުމަށް ބާރަކަށް ވެގެން ދާނެއެވެ.

ޑިޕްރެޝަން އަކީ ތިމާ އަމިއްލައަށް މަރުވާން ބޭނުންވާ ހިސާބައްވެސް ހިޔާލު ކުރެވޭފަދަ ނުރައްކާތެރި މައްސަލައެކެވެ. އެހެންކަމުން ޑިޕްރެޝަންގެ ކުރީކޮޅު އެކަން ދެނެގަނެ އެކަމަށް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

Advertisements