” Fahi Nuvaeh Theyra” Sports Festival Started

        ފަހި ނުވައެއް ތޭރަ ސްޕޯތްސަ ފެސްތިވަލް ފަށައިފި
14631372043143
ދައުރު ދެބައިވުން ފާހަގަ ކުރުމުގެ ގޮތުން “ފަހި ނުވައެއް ތޭރަ” ގެ ނަމުގައި ހާއްސަ ކުޅިވަރު ފެސްޓިވަލް އެއް މާފަންނުސްޓޭޑިއަމް ސަރަހައްދުގައި ފަށައިފި. ތިންދުވަހައް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ ސަތާރަ، އަށާރަ އަދި ނަވާރަ މިތިން ދުވަހު. މި ފެސްޓިވަލް އަކީ ހުރިހާ އުމުރެއްގެ މީހުންނަށް ބައިވެރި ވެވޭ ގޮތަށް ކުރިއަށް ގެންދާ ފެސްޓިވަލްއެއް.
މި ކުޅިވަރު ފެސްޓިވަލްގައި ހަވީރު ކުރިއަށްދާނީ ކުޑަކުދިންނަށް ހާއްސަ އެކި އެކި ކުޅިވަރު ހަރަކާތްތައް. އޭގެ ތެރޭގައި ރިލޭ، ބާސްކެޓް ބޯޅަަ އަދި ގޮލްފް ފަދަ ކުޅިވަރު ހަރަކާތްތަށް ހިމެނޭ. ގިނަ ކުދިން ތަކަކަށް ބައިވެރި ވެވޭ މި ފެސްޓިވަލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ތަފާތު ކުޅިވަރު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަ ޖައްސާފަ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ (ކިޑީ ދައްތަ) އާއި އެކު ކުޑަކުދިންނަށް ހާއްސަ ޝޯ އެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ.
ރޭގަނޑު އަށަކުން ބާރައަށް ކުރިއަށްދާނީ ބޮޑެތި މީހުންނަށް ހާއްސަ އެކި އެކި ކުޅިވަރުތަށް. އެގޮތުން ފުޓުބޯޅަ، ހޭންޑް ބޯލް، ބާސްކެޓްބޯލް، އަދި ޒުންބާ ފަދަ ހަރަކާތްތަށް ހިމެނޭ. މީގެ އިތުރުން ނިމިގެން ދިޔަ “މޯލްޑިވިއަން އައިޑަލް” ގެ ގަދަ ދިހައެއް ހިމަނައިގެން މިރޭ ހާއްސަ ސްޓޭޖް ޝޯ އެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި.
Advertisements
އިލްމީ ފޯވަހީގެ ތިންވަނަ ޝެޝަން ރޭ ބާއްވައިފި.
56ޔޔ.png

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ އިން އިންތިޒާމްކޮށްގެން ބާއްވާ އިލްމީ ފޯވަހީގެ ތިންވަމަ ޝެޝަން ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބާއްވައިފި. ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކާފައިވަނީ ، ސައިންްސްގެ މުހިންމުކަމާއި ސައިންސައް މީހުން އަހުލުވެރި ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ.

މި ޝެޝަންގައި މައުލޫމާތު ދިނުމަށް ކަމާ ބެހޭ ހަތަރު ދާއިރާއަކުން ހަތަރު ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެގޮތުން ތައުލީމް ދިނުގެ ދާއިރާއިން، މަރިން ސައިންސްގެ ދާއިރާއިން، އަދި ސައިންސް އާއި ދީނީ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެފައި ވެއެވެ.

ވާހަކަ ދެއްކެވި ބޭފުޅުން ސައިންސްގެ މުހިންމު ކަމާއި، މިދާއިރާގެ މުހިންމުކަން ރާއްޖެ ފަދަ ގައުމަކަށް ބޭނުންވާ މިންވަރުގެ ބޮޑުކަން ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ މިހުން ރާއްޖޭގައި މަދުކަމާއި، މިދާއިރާއިން ކުރިއަށް ދިއުމަށް ރާއްޖޭގައި ހުރި ގިނަގުނަ ފުރުސްތު ތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ފާހަގަކޮށްފައިވަނީ މިދާއިރާއިރާއިން ކިޔަވައިދޭނޭ މީހުން ރާއްޖޭގައި މަދުކަމާއި އަދި އެފަދަ ވަޒީފާ ތަކުގެ ބޮޑުބައެއް އަދާކުރަނީ ބިދޭސީިން ކަމަށެވެ. މީގެއިތުރުން ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި ނުވުމާއި، ލިބިފައި ހުރި ޓެކްނޮލޮޖީގެވެސް ބޭނުން ހިފަން އިގޭ މީހުން ރާއްޖޭގައި މަދުކަންް ފާހަގަކޮށްފައިވެއެވެ.

މިި ސެޝަންގައި ސައިންސާ ބެހޭގޮތުން އެކި ދާއިރާތަކުގެގެ މީހުންގެ ހިޔާލު ހުރި ގޮތް ދައްކުވައިދޭ ވީޑިއޯ އެއްވެސް ވަނީ ދައްކާލާފައެވެ.

Australia Awards Information Session

ގެ އޮސްޓްރޭލިޔާ އެވޯޑްސް ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް، މައުލޫމާތު ޝެޝަނެއް އެމް.އެން.ޔޫ ގައި ބާއްވައިފި.

Picture1scscs

މިދިޔަ ބުދަ ދުވަހުގެރޭ އަމީނީ ބިލްޑިންގްގެ އެފް.އޭ އޮޑިޓޯރިއަމްގައި ބޭއްވި މި ޝެޝަންގައި މައުލޫމާތު ދީފައިވަނީ އޮސްޓްރޭލިޔާ އެވޯޑްސްގެ ދަށުން ހުށަހަޅާފައިވާ ކޯސްތަކާއި، ކޯސްތަކުގެ ޝަރުތުތަކާއި އަދި ކޯސްތަކަށް ކުރިމަތުލާނެ ގޮތާ ބެހޭގޮތުންނެވެ.

އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުށަހަޅާ މި ސްކޮލަޝިޕްތަކުގައި ރާއްޖެއަށް މިފަހަރު ލިބިފައިވަނީ ދިހަ ޖާގައެވެ. މި ސްކޮލަޝިޕްތަކުގެ މަޤްސަދަކީ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަސައްކަތަކުރާނެ ބަޔަކު އުފެއްދުމެވެ. ކޯސްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ 1 ފެބަރުއަރީ 2016 އިން ފެށިގެން 30 އޭޕްރީލް 2016 އާއި ޖެހެންދެން ހުޅުވާލާފައެވެ.

2017 ގެ ސްކޮލަޝިޕަށް ކޮސްތަށް ހުށަހަޅާފައިވަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ، އެޑިއުކޭޝަން، އެންވާރރަމެންޓަލް މެނޭޖްމެންޓް، ގޫޑް ގަވަނެންސް އަދި އިކޮނޮމިކް ޑިވޮލޮޕްމެންޓްގެ ދާއިރާއިންނެވެ. މިފަހަރުގެ ކޯސްތަކުގައި ހިމަނާފައިވަނީ ހަމައެކަނި މާސްޓާސް ލެވެލްގެ ކޯސްތަކެވެ. ކޯސްތަކުގެ ދިގު މިނަކީ އެއްއަހަރު ބަޔާއި ދެއަހަރާ ދެމެދުއެވެ.

މި ސްކޮލަޝިޕްތަކަކީ ހިލޭ އެހީގެ ދަށުން ހުށަހަޅާ ކޯސްތަކެއް ކަމުން، ކޯހުގެ ފި ހަމަޖައްސާނީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުންނެވެ. މީގެ އިތުރުން ހުރުމާއި ކެއުން އަދި ޕޮކެޓް މަނީގެ ގޮތުގައިވެސް ފީއެއް ދޭނެއެވެ. އަދި ވަކިއުސޫލެއްގެ މަތިން ދަތުރު ކުރުމުގެ ހަރަދުވެސް ބަލަހައްޓާނީ އޮސްޓްރޭލިޔާ ސަރުކަރުންނެވެ.

އޮސްޓްރޭލިޔާ އެވޯޑް ސްކޮލާރޝިޕް އަށް ކުދިން ހޮވޭނީ އިންޓަވިއުކޮށް ޝޯޓްލިސްޓްކުރެވޭ ކުދިންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ތަރުތީބުންނެވެ. ކޯސްތަކަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 އޭޕްރިލް 2016އެވެ. ކޯސްތަކާއި އަދި ޝަރުތުތަކާ ބެހޭ އިތުރު މައުލޫމާތު ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ. https://cricos.education.gov.au