Coral Reefs: Important factor for sustainability

ފަރުތަކުގެ މުހިންމުކަން އެންމެ ބޮޑީ ރާއްޖެ ފަދަ ޖަޒީތާ ގައުމުތަކަށް.

Dusit_Thani_Maldives_Resort_Baa_Atoll_8

ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗައް އެކުލެވިފައިވާ ކުދަ ގައުމެކެވެ. މި ކުދި ރަށްތަށް ރައްކާތެރިކަމާއެކު އުތުމުގެ އެންމެ ބޮޑު ސިއްރަކީ ރަށްތަކުގެ ވަށައިގެން ލެވިފައިވާ ފަރުތަކެވެ. ބިޔަ ރާޅުތަކުންނާއި ކަނޑުގެ އޮއިން ރަށްތަށް ސަލާމަތް ކޮށްދެނީ ފަރުގައިވާ މުރަކަޔާއި ގައުތަކެވެ. މީގެ އިތުރުން އަޅުގަނޑުމެއް ކެއުމަށް ބޭނުންކުރާ މައިގަނޑު ބާވަތް ކަމުގައިވާ މަސް ކަނޑަށް ނުކުތުމުގެ ކުރިން އުޅެ ބޮޑުވަނީ މި މާހައުލުގައެވެ. ހަމައެހެންމެ ފަތުރުވެރިކަން ތާއްޖޭގައި މިހާ ފުޅާ ވެގެން މި ދިޔައީ މި ފަރުތަކުގެ ސަބަބުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެން ކަމުން ފަރުތަކަށް ރައްކާތެރިވެ ފަރުތަށް އާލާ ކުރުމަކީ ކުރަންޖެހިފައުވާ މުހިންމު ކަމެކެެވެ.
އަހަރަމެންނަށް އިނިގިގެން އަދި ނޭންދިނަމަވެސް ބޮޑެތި ގެއްލުންތަކެއް ފަރުތަކަށް ދެވެއެވެ. އެގޮތުން ނޭންގި ދެވޭ އެނަމެ ބޮޑު ގެއްލުމަކީ ޖައްވަށް ދޫކުރެވޭ ވިހަ ގޭސް ތަކެވެ. މިފަދަ ނުރައްކާތެރި ގޭސް ތަކުގެ ސަބަބުން ޖައްވު ހޫނުވެ އޭގެ އަސަރު ފަތުތަކަށް ވަރަށް ބޮޑަށް ކުރެއެވެ. މިކަމުގެ ސަބަބުން ފަރުތަކުގެ ދިރުންތަށް މަރުވެ މުރަކަރަށް ހަލާކުވެ ހުދުވުމަށް މަގުފަހިވެއެވެ. ބަނދަރުހެދުން އަދި ނަރުދަމާ އަކީވެސް ވެސް ފަރުތަކަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އެގޮތުން ބަނދަރު ހެދުމުގެ ސަބަބުން މޫދުގެ ލޮނުގަނޑު ކިލަނބުވުމާއި އަދި ނަރުދަމާގެ ސަބަބުން މޫދަށް ވިހަ މާއްދާތައް ބޭރުވެއެވެ. އެކަމުގެ މަތީޖާއެއްގެ ގޮތުން ފަރުގެ ދިރުނަ ތަކަށް އެކަށީގެންވާ މިންވަރަށް އިކްސިޖަން ލިބުމަށް ހުރަހަކަށް ވެއެވެ.
ކުނީގެ މައްސަލައަކީ މުޅިރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެގޮތުން މޫދަށް އެޅޭ ކުނީގެ މިނަވަރަކީވެސް މަދު އަދަދެއް ނޫނެވެ. މިފަދަ ކުނީގެ ސަބަބުން މުރަކަތަށް ހަލާކުވެ އަދި އެތަށް މަސްމަހާމެއްސެއް ކުނީގެ ޝިކާރައަކަށްވެ ވަރުވަމުންދެއެވެ. މިކަންކަމުގެ އިތުރުން ވިޔަފާރިއަށްޓަކާ މުރަކަ ނެގުން ފަދަ ކަންކަމަކީވެސް ފަރުތަށް ނެތުދިއުމަށް މެދުވެރިވާ ސަބަބެކެވެ.
ފަރުތަށް ރަައްކާތެރި ކުރުމަށާއި ހެދިބޮޑުވުމަށް މަގުފަހި ކުރަނީނަމަ އެކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުން ހޭލުން ތެރި ކުރުވުމެވެ. ފަރުތަކުން ލިބޭ ފައިދާތަށް ކިޔަައިދީ، ފަރުތަށް ހަލާކުވެ ނެތިދާނަމަ އެކަމުން ކުރާނެ ނޭދެވޭ އަސަރުތަކާއި ގެއްލުންތަށް ކިޔައިދޭން ޖެހެއެވެ. އަދި ސްކޫލް ތަކުގެ ކަރިކިއުލަމް ގައި ތިމާވެއްޓާ ބެހޭ މައުޅޫމާތު މިހާރަށްވުރެ ފުލާދާއިރާއެއްގައި ފޯރުކޮށް ދެވިދާނެއެވެ. ފަރުތަށް ސާފުކޮށް ބެހެއްޓުމާއިި ކުނިފަދަ ތަކެތި މުދަށް އެޅުން ހުއްޓުވުމަކީވެސް ފަރުތަށް އާލާކުރުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
ފަރުތަކުގެ ދިރުން ދެމެހެއްޓުމަށް، މުރަކަ އާލާ ކުރުމަކީވެސް މިހާރު ކުރަމުން އަންނަ އެދެވޭ ނަތީޖާއެއް ފެންނަ ކަމެކެވެ. މިއީ މަރުވަމުންދާ ފަރުތަށްވެސް އާލާ ކުރުމަށް ކުރެވިދާނެ ރަނގަޅު ކަމެކެވެ.
ފަރުތަކަށް އަޅާނުލާ ދޫކޮށްލެވިއްޖެ ނަމަ އެކަމުން ފޫ ނުބެއްދޭނެ ފަދަ ގެއްލުންތައްވެސް ކުރިމަތިވެދާނެއެވެ. އެހެންކަމުން ފަރުތަށް ހަލާކުވިޔަ ނުދީ އާލާކުރުމަށް ޓަކާ ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހެއެވެ.
Advertisements