Waste Situation In Maldives

ރާއްޖޭގެ ކުނީގެ ހާލަތު.
 

ކުނީގެ މައްސަލައަކީ ގިނަ ގައުމުތަކުގައި ވަރަށް ބޮޑުވެފައިވާ މަައްސަލައެކެވެ. ކުނި މެނޭޖް ކުރެވޭނި ރަނގަޅު ނިޒާމެއް ނެތުމުން ރާއްޖޭގައިވެސް ދަނީ މިކަމުގެ އުދަގުތައް ވަރަށް ބޮޑަށް ފޯރަމުންނެވެ. ރާއްޖެއަކީ މާލީ ގޮތުން ތަނަވަސް ގައުމަކަށް ނުވުމަކީ ކުނި މެނޭޖް ކުރުމަށް ދިމާވެފައިވައިވާ އެންމެ ބޮޑު ހުރަހެވެ.ތިމާވެއްޓާ ބެހޭ މިނިސްޓްރީއިން ހަދާފައިވާ ރިސާރޗަކުން ދަކާގޮތުގައި ވެރިރަށް މާލޭ ގައި އުފައްދާކުނީގެ ނިސްބަތް، ދުވާލެއްގެ މައްޗައް ބޮލަކަށް 2.8 ކ.ގ ޖެހެއެވެ. އަދި ހަމަ އެހެނިހެން ރަށް ރަށް ތަކުގައި އުފައްދާ ކުނި، 0.66 ކ.ގ ބޮލަކަށް ޖެހެއެވެ. މީގެ އިތުރުން ރާއްޖެ އަކީ ފަތުރުވެރިކަން ވަރަށް ބޮޑަށ ފުޅާވެފައިވާ ގައުމުކެވެ. އަދި މިފަދަ ރިސޯޓުތަކުގައި އުފައްދާ ކުނިން، ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 7.2 ކ.ގ ގެ ކުނި އުފައްދައެވެ. މިއީ ނިސްބަތުން މި ފަދަ ކުޑަ ގައުމަކާ ބަލާފައި ވަރަށްވެސް ބޮޑު އަދަދެކެވެ.

މިހާރު ކުނީގެ މައްސަލަ ހައްލު ކުރުމަށް، ކުރެވެމުން އަންނަ ކަންކަން:
ކަން މިހެން އޮތް ނަމަވެސް ރާއްޖޭގައި ކުނި މެނޭޖަކުރެވޭނެ އެންމެ އެދެވޭ ސިސްޓަމެއް ހެދިފައެއް ނެތެވެ. ޒަމާނުންސުރެ މައިގަނޑު ގޮތެއްދައި ކުނި އަޅަމުން އަންނަނީ އެ ރަށެއްގައި ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދަކަށެވެ. މިތަކެތި ނައްތާލުމަށްޓަކާ ކުނިި އަންްދަނީއެވެ. އަދި ހަމަ ބަަދިގޭގައި އުފެދޭ ކުނިވާޒާތުގެ ކުނި ފަދަ ތަކެތި އަޅަމުން ދަނީ އަތިރި މައްޗަށާއި މޫދަށެވެ. މި ފަދަ އަމަލްތަކަކީ ތިމާވެއްޓަށް ނުހަނު ބޯޑެތި ގެންލުން ލިބޭ ކަމެކެވެ. އޭގަތެރޭގައި ޖައްވައް ވިހަ ގޭސް ބޭރުވުމާއި، މޫދައްއަޅާ ކުނީގެ ސަބަބުން ފަރުތައް ހަލާކުވެ ރަށްތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބެއެވެ.
1991 ސަރުކާރުން ވަނީ ކުނި ނައްތާލެވޭ ރަށެއްގެ ގޮތުގައި ތިލަފުށި ހަމަޖައްސާފައެވެ. ތިލަފުއްޓަކީ މާލެ އާ 7 ކިލޯ މީޓަރު ދުރުން އޮތް ފަޅެކެވެ. ނަމަވެސް 1970 އިން ފަށައިގެން މި ފަޅު ހިއްކައި، މި ރަށް ދަނީ މާލެ ކައިރި ރަށްރަށުން ކުނި ނައްތާލުމަށް ބޭނުންކުރަމުންނެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ރަށަކީ ހަރު ކުނި އަޅައިން ހިއްކާފައިވާ ރަށެކެވެ. ތިލަފުއްޓަށް ދުވާލަކު ޖުމްލަކޮށް 330 ޓަނު ކުނި ގެންދެވެއެވެ. މީގެ ތެރެއިން 50% އަކީ މާލެއިން އެތެރެ ކުރެވޭ ކުންޏެވެ. ނަމަވެސްް މި ކުނި ނައްތާލެވޭނެ މާ ގިނަ ގޮތް ތަކެއް ނުހުރެއެވެ. މިތަނަށް އެއްކުރެވޭ ކުނީގެ 95% އަންދަނީއެވެ. ކޮންމެވެސް ވަރަކަށް ރީސައިކަލް ކުރުމަށް ލޮއެ އާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތި ބޭނުން ކުރެއެވެ. މި ރަށް މިހާރު އެކި އެކި އިންޑަސްޓްރިއަަލް މަސައްކަތްތަކަށް ބޭނުން ކުރަމުން ދެއެވެ.
މީގެ އިތުރުން ބައެއް ރަށް ރަށުގައި ދަނީ ކުނި މެނޭޖް ކުރެވޭނެ އާ ގޮތްތަށް ތަޖުރިބާ ކުރަމުންނެވެ. ” ކޮންޕޯސްޓިންގް” ނުވަތަ ގަސްކާނާ އުފައްދާ ދެ މަރުކަޒެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން ފެންފުށި އަދި އުކުޅަހުގައި ކާމިޔާބު ކަމާއެކީ ކުރަމުން ގެންދެއެވެ. މިއީ ބަދިގެ ފަދަ ތަންތަނުން އުކާލާ ކުނިވާޒާރުގެ ކާނާއިންނާއި، ގަސްގަހުގެ ފަތް ފަދަ ތަކެތި ބޭނުންކޮށްގެން ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން އުކާލާ ކުނި މަދުވެ، މި އެއްޗެހި ރީސައިކަލް ކޮށް އަލުން ބޭނުން ކުރެވެއެވެ.

ކުނި މެނޭޖް ކުރުމަށް ދިމާވެފައިވާ ދަތިތައް:
ކޮންމެ ކަމަކަށް ބެލިނަމަވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީީ، ރާއްޖޭގެ ރަށްތަށް ވަކި ވަކި ކުދި ރަށް ތަކެއްގައި އުފެދިފައި ވުމެވެ. އެހެންކަމުން ކުނިމެނެޖް ކުރުންފަދަ ބޮޑެތި ޕްރޮޖެކްޓްތަށް ހިންގުމަށް ގިނަ ދަތި ތަކެއް ކުރިމަތިވެއެވެ. އެގޮތުން ކޮންމެ ރަށެއްގައި މި ކަންކަން ކުރާނަމަ ވަރަށް ބޮޑެތި ޚަރަދު ތަކެއް ހިނގާނެއެވެ. ދެން އޮތް އަނެއް ދައްޗަކީ ދަތުރުފަތުރުގެ ނިޒާމެވެ. މިއީ ހާއްސަކޮށް މާލޭ ކައިރި ރަށްތަކަށް ދިމާވެފައިވާ ދައްޗެކެވެ. ތިލަފުއްޓަށް ކުނި ގެންދިއުމަށް ގެންގުޅޭ ބާޖުތަށް ވަރަށް މަދެވެ. އަދި ހަމަ މާލެ ތެރެ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ އެކަށީގެންވާ އުޅަނދުތައް ނެތް ކަން ފާހަގަ ކޮށްލެވެއެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކާ ސަރުކާރުންވެސް ވަރަށް ބޮޑު ރޯލެއް ކުޅެއެވެ. އެގޮތުން ދާދި ފަހުން ވަނީ “ގްރީން ޓެކްސް” ގެ ނަމުގައި ޓެކްސް އެއް ނަގަން ހަމަޖައްސާފައެވެެ. ކޮންމެ ފަރުރުވެރިއެއްގެ އަތުން ދުވާލަކު 6 ޑޮލަރު ސަރުކާރައް ނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މި ޓެކްސް އިން ނަގާ ރުފިޔާ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށެވެ. އެހެންކަމުން މިއީ މާލީގޮތުން ދިމާވެފައިވާ ދަތިކަމަށް ހައްލެއް ގެނެސްދޭނެ ކަމެކެވެ.

Advertisements