އިލްމީ ފޯވަހީގެ ތިންވަނަ ޝެޝަން ރޭ ބާއްވައިފި.
56ޔޔ.png

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ އިން އިންތިޒާމްކޮށްގެން ބާއްވާ އިލްމީ ފޯވަހީގެ ތިންވަމަ ޝެޝަން ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބާއްވައިފި. ސިލްސިލާކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކާފައިވަނީ ، ސައިންްސްގެ މުހިންމުކަމާއި ސައިންސައް މީހުން އަހުލުވެރި ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުންނެވެ.

މި ޝެޝަންގައި މައުލޫމާތު ދިނުމަށް ކަމާ ބެހޭ ހަތަރު ދާއިރާއަކުން ހަތަރު ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެގޮތުން ތައުލީމް ދިނުގެ ދާއިރާއިން، މަރިން ސައިންސްގެ ދާއިރާއިން، އަދި ސައިންސް އާއި ދީނީ ރޮނގުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެފައި ވެއެވެ.

ވާހަކަ ދެއްކެވި ބޭފުޅުން ސައިންސްގެ މުހިންމު ކަމާއި، މިދާއިރާގެ މުހިންމުކަން ރާއްޖެ ފަދަ ގައުމަކަށް ބޭނުންވާ މިންވަރުގެ ބޮޑުކަން ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ މިހުން ރާއްޖޭގައި މަދުކަމާއި، މިދާއިރާއިން ކުރިއަށް ދިއުމަށް ރާއްޖޭގައި ހުރި ގިނަގުނަ ފުރުސްތު ތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ފާހަގަކޮށްފައިވަނީ މިދާއިރާއިރާއިން ކިޔަވައިދޭނޭ މީހުން ރާއްޖޭގައި މަދުކަމާއި އަދި އެފަދަ ވަޒީފާ ތަކުގެ ބޮޑުބައެއް އަދާކުރަނީ ބިދޭސީިން ކަމަށެވެ. މީގެއިތުރުން ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި ނުވުމާއި، ލިބިފައި ހުރި ޓެކްނޮލޮޖީގެވެސް ބޭނުން ހިފަން އިގޭ މީހުން ރާއްޖޭގައި މަދުކަންް ފާހަގަކޮށްފައިވެއެވެ.

މިި ސެޝަންގައި ސައިންސާ ބެހޭގޮތުން އެކި ދާއިރާތަކުގެގެ މީހުންގެ ހިޔާލު ހުރި ގޮތް ދައްކުވައިދޭ ވީޑިއޯ އެއްވެސް ވަނީ ދައްކާލާފައެވެ.

Advertisements

MNU Inter Faculty Volley Tournament Started

ފެކަލްޓީ ތަކަށް ހާއްސަ ކޮށްގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީއިން ބާއްވާ ވޮލީ ޓޯނަމެންޓް ފަށައިފި.
 

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ފަރާތުން ފެކަލްޓީ ތަކަށް ޙާއްސަ ކޮށްގެން ވޮލީ ޓޯނަމެންޓެއް ފަށައިފި. 2016 ވަނަ އަހަރުގެ ވޮލީ ޓޯނަމެންޓްގައި އެކި ފެކަލްޓީތަކުން ޖުމްލަ 19 ޓީމެއް ބައިވެރިވެފައިވެއެވެ.
އަންހެން އަދި ފިރިހެން، ދެ ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައި ވަނީ އަންހެން 9 ޓީމް އަދި ފިރިހެން 10 ޓީމެވެ. ކޮންމެ ބައެއް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު، ސެމީ ފައިނަލް ގައި ވާދަކުރާނީ ކޮންމެ ގްރޫޕް އަކުން އެންމެ މަތިން ޕޮއިންޓް ލިބޭ ދެ ޓީމެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސް ގެ ޓީމް އެކެއް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމެވެ. މުބާރާތުގެ ކުޅުން ތިންދުވައް ބަހާލައިގެން ކުރިއަށް ދާއިރު މުބާރާތުގެ ފައިނަލް އޮންނާނީ ދޭއް އެޕްރީލްވާ ހޮނިހިރު ދުވަހުގެ ރެއެވެ.

މިއީ މުބާރާތް ބާއްވާ ދެވަނަ އަހަރު ނަމަވެސް، ފެކަލްޓީ އޮފް އާރޓްސް އިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ދަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކުޅިވަރު ހޯލުގައެވެ.